ކޯޓަށް ހާޒިރުކުރަން އުޅުނު މީހަކަށް އަނިޔާވި މައްސަލައެެއް ބަލަން ފަށައިފި އެވެ.
ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް ޖުލައި 16 ވަނަ ދުވަހުގެ 1 ޖަހާއިރަށް ހާޒިރު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އަނިޔާވެފައިވަނީ 38 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އެމީހާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފަ އެވެ.
މި ހާދިސާގައި ފުލުހުން އަމަލުކުރިގޮތާއިމެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ބުނެފައި ވެއެވެ. ވުމާއެކު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާނެ ވާހަކަ ފުލުހުން ހާމަކޮށްފައި ވެއެވެ.