ކޮމިޓީއަށް ހާޒިރުނުވުމުން މެންބަރުންގެ ނުރުހުން ހައިދަރަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުވާން އަންގާފައިވަނިކޮށް އެ ކޮމިޓިއަށް ހާޒިރު ނުވުމުން އެ ކޮމިޓީގެ މެންބަރުންގެ ނުރުހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އަމާޒުވެއްޖެ އެވެ.

ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ފްލެޓުތައް ބާތިލް ނުކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމެވެ. މި ބައްދަލުވުމަށް ވަޑައިގަންނަވަން ޖެހޭކަން މިނިސްޓަރު ހައިދަރަށް ވަނީ މީގެ ފަސް ދުވަސް ކުރިން އަންގާފަ އެވެ. މެންބަރުން ނުރުހުންވީ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަންނަވާނެކަމަށް މީގެ ކުރިން ވިދާޅުވުމަށް ފަހު އެންމެ ފަހު ގަޑީގައި ވަޑައިގަނެވެން ނެތްކަމަށް ވިދާޅުވުމުންނެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ކޮމިޓީ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ބައްދަލުވުމަށް ވަޑައިގަނެވެން ނެތްކަމަށް ވިދާޅުވުމަކީ ކޮމިޓީގެ ގަދަރު ކުޑަކުރެއްވުމުގެ އަމަލެއްކަމަށް ވިދާޅުވެފަ އެވެ.

އަޅުގަނޑުމެން މިތިބީ މީގެ ދެ ދުވަސްކުރިން އެޖެންޑާ ލިބި ކޮމިޓީއަށް ހާޒިރުވެ. މިތިބީ ކޮމިޓީގައި. މިއީކީ ވަޒީރަށް ހާޒިރުނުވެވޭނެކަން އެނގެންވީ ވަގުތެއް ނޫން. މިއަށްވުރެ ފުރިހަމަކޮށް ޒިންމާދާރުކޮށް ހުންނަންވާނެކަމަށް އަޅުގަނޑު ދެކެން.

ޒިޔާދުގެ އިތުރުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންވެސް ވަނީ މިނިސްޓަރު ކަން ކުރެއްވި ގޮތުން ނުރުހުން ފާޅު ކުރައްވާފަ އެވެ. އެގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ މިއަދު ކޮމިޓީގައި އޮތީ ވަރަށް ހައްސާސީ މައްސަލައެއް ކަމަށާއި އެންމެ ފަހު ވަގުތު ކޮމިޓީއަށް ވަޑައިގަނެވެން ނެތްކަމަށް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންކަން ދިފާއު ނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އައްބާސް ވިދާޅުވީ މިއަދު ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަމަލު ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ.

މީގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒުވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ. އެގޮތުން އޭނާ ވަނީ މިނިސްޓަރު އަމަލު ކުރެއްވީ ރަނގަޅަށް ނޫންކަމަށާއި ކުރިއާލާ ވަޑައިނުގެންނެވޭނެކަން އެންގެން ޖެހޭނެކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ ކޮމިޓީއަށް މިނިސްޓަރު ޑރ. ހައިދަރަށް ހާޒިރުވެވެން ނެތްކަމަށް ވިދާޅުވެ ދެއްވާފައިވާ އުޒުރަކީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން ޖެހުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަޒީރުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ