ޕެރޫއަށް އެކްސްޕޯޓްކުރާ މުދަލުގެ މިންވަރު އިތުރުކުރަން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕެރޫއާއި ރާއްޖެއާއި ދެމެދު އެކްސްޕޯޓް އިތުރު ކުރުމަށް މަޝްވަރާކޮށްފި އެވެ.

ރާއްޖެއާއި ޕެރޫއިން މިކަމުގެ މަޝްވަރާތައް ކޮށްފައިވަނީ ޕެރޫ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އެރުއްވި ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.

ޕެރޫގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފަ އެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ގައުމުގެ އެކްސްޕޯޓާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް މަގުފަހިކުރުން ހިމެނެ އެވެ. އަދި ރާއްޖެއާއި ޕެރޫއަކީ ގްލޯބަލް ސައުތަށް ނިސްބަތްވާ ދެ ޤައުމު ކަމުގައިވާތީ، ޕެރޫއާ ގުޅިގެން އިތުރު މަސައްކަތްތައް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވި އެވެ.

ރާއްޖެއާ ޕެރޫއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހު އެވެ.

ޕެރޫ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޕެރޫ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގަ އެވެ.

 

ރައީސް އޮފީސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ