ޗައިނާއިން މުޅި ދުނިޔޭގައި ގާއިމުކުރަމުންދާ ސުލްހަވެރިކަމަށް ރާއްޖެއިން އެއްބާރުލުންދޭނަން: މަޖިލީސް ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާއިން މުޅި ދުނިޔޭގައި ގާއިމުކުރަމުންދާ ސުލްހަވެރިކަމަށް ރާއްޖެއިން އެއްބާރުލުންދޭނެ ކަމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީސް ރައީސް މިހެން ވިދާޅުވީ އިއްޔެ ޗައިނާގައި އޮތް އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން ނެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް ތައުރީފު ކުރައްވަމުން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން މުޅި ދުނިޔޭގައި ގާއިމްކުރަމުންދާ ސުލްހަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. މީގެ އިތުރުން ޗައިނާގެ ގާނޫނުހަދާ މަޖިލިސް އައި.ޕީ.ޔޫ. އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން މަޖިލީހުގެ ރައިސް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ބަރުލަމާނީ އެއްބާރުލުމާއި މަޝްވަރާއަށް ޗައިނާއިން ޒަމާނުއްސުރެ ވަޢުދުވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

”ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ގައުމެއް، ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ހާއްސަކޮށް، ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް.“

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާ ކަން ފާހަގަކުރެއްވި އެވެެ. އަދި މިއަދު ރާއްޖެއިން ޗައިނާއާއެކު ”ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަރޝިޕް“ އެއް ދަމަހައްޓައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒު ހިފާފައިކަމަށް ވިދާޅުވި އެވެ.

މިމަހުގެ 18 އިން 23 އަށް ޗައިނާގެ ބެއިޖިންގ ގައި ކުރިއަށްދާ އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނަރގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސް އާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ