ތިމާވެށި ހިމާޔަތްކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީ ހޯދިދާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ އަބޫދާބީގައި ބޭއްވުނު ގްލޯބަލް ސަސްޓެއިނަބަލް ފޯރަމްގަ އެެވެ.
މި ފޯރަމްގައި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމާ ގުޅޭ މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމަށް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.
ވަޒީރު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮނިޓާކުރުމާއި، ސިޔާސަތުތައް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. އަދި މިކަމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމަކީ ވެސް މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ފޯރަމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ތިމާވެށްޓާ ގުޅުންހުރި ވުޒާރާތަކުގެ ވަޒީރުންނާއި، މާހިރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް