ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރާއްްޖެ ވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅަކީ 24 ޖޫން އިން 28 ޖޫން އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމުޝީގައި ކުރިއަށްދިޔަ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ޗައިނާ ސަރުކާރުން ދެއްވި ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުުފުގައި ވަޒީރު ވަނީ ޗައިނާގެ ބައެއް މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްވެސް ބައިވެރިވެލައްވާފައި ވެއެވެ.
ރާއްޖެ - ޗައިނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް