ކައުންސިލް ކެމްޕޭނަށް މަޖިލިސް ރައީސް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުސްވެފައިވާ މެމްބަރު އިންތިހާބުކުރުމުގެ ބައި އިލެކްޝަންސްގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ޕީއެންސީގެ ފަރާތުން އެ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓްގެ ކެމްޕޭނަށް އަބްދުއްރަހީމް އެ ސިޓީއަށް ވަޑައިގެންނެވީ ރޭގެ ވަގުތެގަ އެވެ. މަޖިލިސް ރައީސް އެ ސިޓީއަށް ވަޑައިގެންނެވުމާއެކު އެއާޕޯޓުން އެމަނިކުފާނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު، ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެއާޕޯޓު ސަރަހައްދަށްވެސް ގޮސް ތިބި އެވެ.

އޭގެއިތުރުން މިއަދު އަބްދުއްރަހީމް ވަނީ އެ ސިޓީގެ ކެމްޕޭން ޓީމްތަކާއި މިއަދު ބައްދަލުކުރައްވާފަ އެވެ. އަދި ކެމްޕޭން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާއިމެދު މަޝްވަރާކުރައްވާފަ އެވެ.

ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ކަމަށް ވާދަކުރައްވަނީ ކެންޑިޑޭޓް އިބްރާހީމް އަޙްމަދު އެވެ.

މި ދާއިރާގެ ބައި އިލެކްޝަންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 20 ގައި އެވެ. ހަމަ އެ ދުވަހު މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށްވެސް މެމްބަރުން އިްނތިހާބުކުރުމުގެ ބައި އިލެކްޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންސްތައް:

  • ހުޅުމާލެ ދާއިރާ
  • މައްޗަންގޮޅި މެދު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ޅ. އަތޮޅު ކައުންސިލްގެ ރައީސް
  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
  • ހދ. ކުޅުދުއްފުށި ކައުންސިލް އުތުރު ދާއިރާ މެމްބަރު
  • ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރު
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރު

ކޮންގްރެސް ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ