ހުއްދަ ނުހޯދާ އިމާރަތްކުރާ ފަރާތްތަކަށް އެޗްޑީސީގެ އިންޒާރެއް!

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެއިން ދޫކޮށްފައިވާ ބިންތައް އިމާރާތްކުރުމުގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ހޯދަން އަންގައިފި އެވެ.

އެޗްޑީސީން މިގޮތަށް އެންގީ އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެބަޔާނުގައި އެޗްޑީސީން ބުނީ މިހާރަކަށް އައިސް، ހުޅުމާލެއިން ވިއްކާފައިވާ ނުވަތަ ކުއްޔަށްދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު އެޗްޑީސީން ހަދާފާއިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި އިމާރާތްކުރަމުންދާކަން ފާހަގަކޮށްފަ އެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ކުރަން ފެށުމުގެ ކުރިން އިމާރާތްކުރާނެ ގޮތުގެ ކުރެހުމެއް ނުވަތަ އެޗްޑީސީން ހުށަހަޅާ ފާސްކުރުމަށްފަހު، އިމާރާތް ކުރުމާ ގުޅޭ އެހެނިހެން ހުއްދަތައް އެ ކޯޕަރޭޝަނުން ނަގަންވާނެ ކަމަށް އެޗްޑީސީން އެންގި އެވެ.

އަދި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލުތައް އެ ކޯޕަރޭޝަން ވެބްސައިޓުން ބެލޭއިރު، އެކަމާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އުސޫލުތަކާއި ހިލާފަށް ގޯތިތެރޭގައި މަސައްކަތެއް ކުރަމުންދާނަމަ ނުވަތަ އުސޫލާ ހިލާފަށް އިމާރާތް ކުރުމުގެ މަސައްކަތެއް ކުރަމުންދާނަމަ އަދި އިމާރާތެއް ކޮށްފައިވާ ނަމަ އެ ގޯއްޗެއްގެ ވެރި ފަރާތާއި މެދު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީީން ބަޔާންކޮށްފައި ވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ