ރައީސްގެ ނިންމެވުންތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް: ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސްގެ ނިނެމެވުންތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކްސްގައި ހިޔާލު ފާޅުކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖެ ވައްޓާލާފައިވާ ފުން އިގްތިސާދީ އަނދަވަޅުން ސަލާމަތްކޮށް ދިވެހިންގެ މުސްތަގުބަލަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް ކަމަށެވެ.

”ސިޔާސީ ވިސްނުންފުޅަށްވުރެ ގައުމީ ވިސްނުންފުޅު އިސްކުރައްވާކަމީ ރައްޔިތުންނަށް އޮތް  އުންމީދު“

މިނިސްޓަރު ޝިޔާމް މިގޮތަށް ވިދާޅުވެފައިވަނީ ހަރަދުކުޑަކުރުމަށް ދައުލަތުގެ ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ ކުޑަކުރެއްވުމަށް އިއްޔެގައި ރައީސް ނިންމެވި ނިންމެވުމަށް އިޝާރާތްކުރައްވާފަ އެވެ. ރައީސް މިފަދައިން ނިންމެވީ ފާއިތުވީ 10 އަހަރުގައި ރާއްޖޭގެ ދަރަނި ފުނިޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ނުރައްކާވާ ކަމަަށް ވޯލްޑް ބޭންކުން އިންޒާރު ދީފައި ވަނިކޮށެވެ. ވޯލްޑް ބޭންކުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރައީސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަަކައި ގިނަ ފިޔަވަޅުތަަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

“މިގޮތުން، ކުރިއަށް އޮތް މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުަން ކުޑަކުރުމަށް ވާނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފަ”

ރައީސް ވިދާޅުވީ މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ހާމަކުރައްވާފަ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ