ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކުރުން ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުން ބުނެފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހު ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލްވުން ކަމަށް ބުނެފަ އެވެ.
އެންމެން ގުޅިގެން ކުރާ މަސައްކަތުން މުޖުތަމައަށާއި ރައްޔިތުންނަށް އަމާން، ދުޅަހެޔޮ މުސްތަގްބަލެއް ގާއިމުކޮށްދިނުންކަންވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލާ، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ބަޔާނުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ގައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައް ރޭވިގެންދާކަން ބަޔާންކޮށްފަ އެވެ.
ގެންދިއުމަށް ރާވާފައިވާ ކަމަށާއި ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނަރޝިޕެއް އުފައްދާ، ކޮމިއުނިޓީތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެންޑީއޭއިން ނެރުނު ބަޔާނުގައި ވެއެވެ.
ރައްކާތެރިވެ، އެންމެންނަށް ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެންޑީއޭގެ ބޯޑުން ވަނީ ދެއްވާފައެވެ. މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމަޢަށް އަލުން ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެންޑީއޭގެ ބޯޑުން ރައްޔިތުންނަށް ވަނީ ދެއްވާފަ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)