ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާނަމަ ހަރުކަށި އަދަބު ދޭނަން: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔުނިފޯމްއެޅި އެއްވެސް އޮފިސަރަކު ފައިސާ ނަގާ ފައިސާއަށްޓަކައި ޔުނިފޯމް ވިއްކާނަމަ އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔުނީފޯމު އެޅި މުޢައްސަސާތަކުގެ އޮފިސަރުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށްވާއިރު ނޭދެވޭ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.

އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވާ އޮފިސަރުންނަކީ ޤާނޫނާ ޚިލާފުވެފައިވާ ބައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބައެއް ކަމަށާއި ރިޝްވަތު ހިފުމަކީ ކުށެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން. މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނަން. އަދި މިހާރު ކުރިއަށްދާ އޮޕަރޭޝަން ފުޅާވެސް ކުރާނަން، ޖަލުގައި ތިބި ގައިދީންގެ އެކައުންޓުން ފައިސާ ޖަމާވެފައި އެބަހުރި. އެގޮތަށް ފައިސާ އާންމު ހާލަތުގައި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް،“

މިނިސްޓަރ ވިދާޅުވީ ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށާއި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށާއި މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ މި 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަކިވެފައިވާކަން ފާހަގަކޮށް އެމީހުންނަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ