ޑިމާންޑާއި އެއްވަރަށް ބަންގްލަދޭޝް ލޭބަރުން ލިމިޓެއް ނެތި ގެންނަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝް ލޭބަރުން ވަކި ލިމިޓެއް ނެތި ގެންނަން ގަސްދުކުރައްވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިގޮތަށް ވިދާޅުވީ ރޭ ހޯމްލޭންޑް މިިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ލޭބަރުންނަށް ކަނޑައަޅާފައިވާ ކޯޓާއާއި ގުޅޭގޮތުން އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންސްކިލްޑް ކެޓަގަރީގައި މަސައްކަތްކުރާނެ ލޭބަރާސްއަށް ޑިމާންޑް އިތުރުވެފައިވާއިރު އެކަމަށް ބޭނުންވާ މަސައްކަތްތެރިން މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި މަޝްރޫއުުތައް ހިންގަން ބޭނުންވާ މިންވަރަށް މި ކެޓަގަރީގެ މަސައްކަތްތެރިންގެ ޑިމާންޑް އިތުރުވާނެ މިސްރާބަކަށް ރާއްޖޭގެ އިކޮނޮމީދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

”އިގްތިސާދަށް ހުރަހެއްގެ ގޮތުގައި ވެދާނެ ކަންކަން ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އަޅުގަނޑުމެން ބައުންޑްކޮށްގެން މިހުންނަ އެއް ލައްކަ ލިމިޓްގެ ސަބަބަކީ ގާނޫނާއި ގަވާއިދާއި ހިލާފަށް ނުވަތަ އަންޑޮކިއުމެންޓެޑްކޮށް ރާއްޖޭގައި ބިދޭސީން އުޅެމުންދާ މައްސަލައިގެ ސަބަބުތަކުން ގައުމީ ސަލާމަތަށް ނުރައްކާވާތީ އެކަންކަމަށް ހައްލެއް ގެނެވެންދެން މިމަޑުކުރުވަނީ“

މިނިސްޓަރު ވިދާޅުވީ ހުރިހާ މަސައްކަތްތެރިން ޑޮކިއުމެންޓެޑް އަދި ގަވާއިދުގެ ތެރެއަށް ފެތޭ ބަޔަކަށްވުމުން އަންސްކިލްޑް ލޭބަރާސް ގިނަވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ވުމާއެކު، އިކޮނޮމިކް ޑިމާންޑް އެއްވަރަށް ލޭބާ އިމްޕޯޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވަމުން މިނިސްޓަރު ވަނީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް އެހަމައިން މަސައްކަތް ކުރާކަން ފާހަގަކުރައްވާފަ އެވެ. އެެއާއެކު، ކެޕް ކުރަން ޖެހޭ މިންވަރު ފަހުން އިދާރާތަކުން ކަނޑައަޅާނެ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ