ކަރެކްޝަންގެ 18 މުވައްޒިފެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ، މައްސަލަ ތަހުޤީޤްކުރަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖަލުތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 18 މުވައްްޒިފެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ތަހުޤީޤްކުރަން ފަށައިފި އެވެ.

މިހާރު ފުލުހުންގެ އިދާރާގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ މި މައްސަލައަކީ ޖަލަށް ޤާނޫނާއި ހިލާފަށް ތަކެތި އެތެރެވޭ މައްސަލަ ބަލައި ތަހުޤީޤްކުރުމުގެ ތެރޭގައި ފެންމަތިވި މައްސަލައެއް ކަމަށެވެ. އެގޮތުން ޖަލަށް ޤާނޫނާއި ހިލާފަށް، ފޯނާއި، މަސްތުވާތަކެތި އަދި އެހެނިހެން ތަކެތި އެތެރެވެފައިވާގޮތް ބެލިއިރު ޖަލުގައި ތިބި ގައިދީންނާއި އެ މީހުންނާއި ގުޅިފައިވާ މީހުންގެ މެދުވެރިކޮށް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒިފުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

 

ފުލުހުންގެ ތަހުޤީޤަށް ފާހަގަކުރެވުނު ކަންކަން:

  • 18 މުވައްޒިފެއްގެ އެކައުންޓަށް ފައިސާ ވަދެފައިވޭ
  • އެއް މުވައްޒިފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވޭ
  • 18 މުވައްޒިފުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ރުފިޔާ ވަދެފައިވޭ

 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލައިގެ ތަހުޤީޤް މިހާރު ކުރިއަށްދާ ކަމަށާއި، އެ މައްސަލާގައި ބަލަންޖެހޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުޤީޤްއަށް މިހާރު ފުލުހުން މާފުށީ ޖަލަށްވެސް ވަދެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުޤީޤައި މިހާތަނަށް ކަރެކްޝަނަލް ސަރވިސްގެ 3 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ފައިސާ ޖަމާވި 6 އޮފިސަރަކު މި އަހަރު ކަރެކްޝަނަލް ސަރވިސްގެ ހިދުމަތު ވަކިވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ މައްސަލަވެސް ބަލާނެކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތުހުމަތު ވަނީ ކަރެކްޝަނަލް ސަރވިސްގެ ޖޫނިއަރ ލެވަލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަމަށެވެ.

ޖަލު އޮފިޝަރުން ފޯނާއި، މަސްތުވާތަކެތި ޖަލަށް އެތެރެކުރަނީ ޖަލު ސެކިއުރިޓީގެ ކޮން ލެވަލްއެއް ފޫއަޅާލުމަށްފަހުގައިތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ، މިހާތަނަށް ތަހުޤީޤްގެ ބެލިފައިވަނީ ފައިސާއާ ގުޅުންހުރި ބައި އެކަނި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޖަލުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރާނެކަމަށް އިހްސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ