ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ސަސްޕެންޑްކޮށްފި އެވެ.
ރަމީޒް ސަސްޕެންޑްކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ހީނާ ވިދާޅުވި ގޮތުގައި ރަމީޒު ސަސްޕެންޑްކުރީ ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް ބަލަމުންގެންދަނީ ކޮން މައްސަލައެއްކަމެއް ހީނާ ވިިދާޅެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލެ ސިޓީގައި ކައުންސިލްގައި މަސައްކަތް ކުރެއްވި، އަދި ރައީސް ޑރ. މުއިއްޒުގެ ވަރަސް އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ރަމީޒް ސަސްޕެންޑްކުރިއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަމްނާޒް ވަނީ މަޤާމުންވެސް ވަކިކޮށްފަ އެވެ.
ޝަމްނާޒް ހުންނެވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން ޝަމްނާޒް ވަނީ މިހާރު މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ މައުލޫމާތު ހިމެނޭ ބައިގާ ޝަމްނާޒްގެ ނަން ހިމެނޭ އިރު އޭނާ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާކަމަށް ބުނެފައިވަނީ އޭޕްރިލް 4، 2024 އިން ފެށިގެން ޖޫން 26، 2024 ގެ ނިޔަލަށް ކަމަށެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ޖޫން 23، 2024 ގަ އެވެ. ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ‘ގާތްވާން’ ވެގެން ސިހުރު ހެދި ކަމުގެ މައްސަލައެއްގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާއިރު މިކަން އަދި ފުލުހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.
ހީނާ ވަލީދު ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ރައީސް އޮފީސް