ޗައިނާގައި ކުރިއަށްދާ ޓްރެޑިޝަނަލް މެޑިސިން ފޯރަމްގައި ހެލްތް މިނިސްޓަރު ބައިވެރިވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާގެ ނަންޗަންގް ސިޓީގައި ކުރިއަށްދިޔަ ”ޝަންހައި ކޯޕަރޭޝަން އޯގަނައިޒޭޝަން ފޯރަމް އޮން ޓްރެޑިޝަނަލް މެޑިސިން“ ގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ބައިވެރިވަޑައިގެންފި އެވެ.

މިނިސްޓަރު ހަލީލް ވަނީ މި ފޯރަމްގައި ބައިވެރިވި އިސްވަފުދާއިއެކު ބޭއްވުނު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފަ އެވެ. މި ބައްދަލުވުމުގައި ވަނީ ފޯރަމްގައި ބައިވެރިވި ގައުމުތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް ޓްރެޑިޝަނަލް ބޭސްވެރިކަމުގެ އުސޫލުތައް ހަރުދަނާކުރުމަށް ގައުމުތަކުގެ އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި  ހެލްތު މިނިސްޓަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މިނިސްޓަރުގެ ވާހަަކަފުޅުގައި ވަނީ މިހާރުގެ ޒަމާނީ ސިއްހީ ފަރުވާގެ ތެރެއަށް ޓްރެޑިޝަނަލް ބޭސްވެރިކަން ބޭނުންކުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

މީގެ އިތުރުން، މިނިސްޓަރުގެ ދަތުރުގައި ވަނީ ”ދި އެފިލިއޭޓެޑް ހޮސްޕިޓަލް އޮފް ޖިއަންގްޝީ ޔުނިވާސިޓީ އޮފް ޗައިނީސް މެޑިސިން“ އަށް ޒިޔާތަރްކުރައްވާފަ އެވެ. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ ތަނުންދޭ ހިދުމަތާއި، ސިއްހީ ހިދުމަތް ދޭ ގޮތާއި އެތަނުންދޭ ހިދުމަތްތައް މިނިސްޓަރު ވަނީ ބައްލާވާލައްވާފަ އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިދާއިރާއާއި ގުޅުންހުރި މިނިސްޓްރީގެ އިސް ދެ ބޭފުޅުން ބައިވެރިވަޑައިގަންނަވަ އެވެ.

މި ފޯރަމް ކުރިއަށްދާނީ މި ޖޫން މަހުގެ 24-29 އަށެވެ.

މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ