ރާއްޖޭގައި މެނިންގޮކޯކޮލް ފެތުރެމުން ނުދާ ކަމަށާއި އާންމުން ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މެނިންގޮކޯކޮލް ފެތުރެމުން ނުދާ ކަމަށާއި އާންމުންނާއި ހެލްތް ކެއާ މުވައްޒަފުން ވެކްސިން ޖަހަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށެވެ.
މީގެ އިތުރުން ހައި ރިސްކް މީހުން ވެކްސިން ޖެހުން ރެކޮމެންޑް ކުރާކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހައި ރިސްކު މީހުންގެ ތެރޭގައި ދަތުރުފަތުރު ކުރާ މީހުންނާއި ވަކި ވައްތަރެއްގެ ބަލިތަކެއް ހުންނަ މީހުން ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މެނިންގޮކޯކޮލް ޖެހުމުން ފެންނަ އަލާމާތްތައް
- ވަރަށް ބޮޑަށް ހުން އައުން
- ބޮލުގަ ރިއްސުން
- ގައިގަ ރިއްސުން
- މޭނުބައިކޮށް ހޮޑުލެވުން
- ފޮޓޯފޯބިއާ ނުވަތަ އަލީގައި އުޅެން އުނދަގޫވުން
- ވަރުދެރަވުން
މި ބައްޔަކީ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ގައިން ގަޔަށް އަރަނީ ގައިގޯޅިވުމުންނާއި ގިނައިރު އެކުގައި އުޅުމުގެ ސަބަބުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިނިސްޓްރީ އޮފް ހެލްތް