މާފަންނު މަދަރުސާގެ ބިތްދޮށަށް އޮންނަ މަގަށް ’ފަލަސްތީނު ހިނގުން‘ ކިޔަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. ކައުންސިލް ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެވެ.
މި ބައްދަލުވުމުގައި އާޒިމް ވަނީ މާލޭގައި ނަން ނުދީ ދެ މަގެއް އޮތްކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެތަނުން އެއް މަގަށް ފަލަސްތީނާ ގުޅުވައިގެން ނަން ދިނުމަށް ވަނީ ހުށަހަޅުއްވާފަ އެވެ.
އާޒިމްގެ ހުށަހެޅުން ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި މަގަކީ އަދި އާންމު ދަތުރުފަތުރަށް ހުޅުވާނުލާ އޮތް މަގެކެވެ. ކައުންސިލުން މިހާރު އަންނަނީ މި މަގު ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހުޅުވާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް