މަސްވެރިންނަށް ނުދެވިހުރި 52 މިލިޔަންރުފިޔާ މިއަދު ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަން ނުދެވިހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި މި ހަފުތާގައި އެމަސައްކަތް ކުރިޔައައް ދާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިހަފުތާގައި ވިދާޅުވެފަ އެވެ. ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން މަސްކިލޯ އެއްގެ އަގު 17 ރުފިޔާއަށް ބޮޑުކުރުމަށް ފަހު މަސްވެރިންނަން ފައިސާ ދީފައިވަނީ ނެތް ފައިސާ ޗާޕު ކޮށްގެން ކަމަށާއި އަދި ރިޔާސީ އިންތިހާބާ ދިމާކޮށް މަސްކިލޯ އެއްގެ އަގު ވަނީ 25 ރުފިޔާ އަށް ބޮޑޮކޮށްފައި ކަމަށެވެ. މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ މިދުވަސްވަރު އިހުތިޖާޖު ކުރަމުންދާ އިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަން ނުދައްކާ އޮތް 234 މިލިޔަން ރުފިޔާ ހަލާސްކޮށް މިއަހަރުގެ މިހާތަނަށް މަސްދޯނި ފަހަރަށް 933 މިލިޔަން ރުފިޔާ ވަނީ ދައްކާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު މަސްވެރިންނަނަން ނުދެވިހުރީ އެއްމަހާއި 14 ދުވަހުގެ ފައިސާ ކަމަށާއި އަދި އެއީ 52.6 މިލިޔަން ރުފިޔާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމަކާ އެކު ކަމަށްވާއިރު މަސްކިރުވާފަ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާ ވެގެންނެވެ. އެކަމުގެ ސަބަބުން ފުރަތަމަ ކުއާޓާގައި މިފްކޯއައްވަނީ 1.6 މިލިޔަން ރުފިޔާ ގެއްލުން ލިބިފައެވެ.
އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އެއްވެސް ފައިސާއެއް ދީފައިނުވާ އިރު އިގްތިސާދީގޮތުން މިފަދަ ދަތި ދުވަސްވަރެއް ނަމަވެސް މަސްވެރިން ނަން ނުދެވި ހުރި ފައިސާ ދިނުމަކީ މިސަރުކާރުން އިސްކަމެއްދީގެން ކުރާ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)