އާބާދީގެ 46 އިންސައްތައަށް މުސާރަ ވަނީ ބޮޑުކޮށްދީފާ: ޝަފީގު

Advertisement

Advertisement

އެންމެ ފަސް

Advertisement

އާބާދީގެ 46 އިންސައްތައަށް މުސާރަ ބޮޑުކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާމަކުރައްވައިފި އެވެ.

ޝަފީގު މިކަންް ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭއްވި ބައްދަލުވުމުގަަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން މުވައްޒަފުންގެ މައްޗަށް ކުރަންޖެހޭ ހަރަދުތައް އިތުރުވީ ކަމަށެވެ.

ނިމިިދިޔަ އެމްޑީޕީ ސަރުކާރުން ވަނީ ޓީޗަރުންނާއި ނަރުހުންގެ މުސާރައަށް ބަދަލެއް ގެނެސްފަ އެވެ. އެއަށްފަހު މި ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައަށް ބަދަލު ގެނެސް، ސަރުކާރު މުއައްސަސާތަކުގެ 46 އިންސައްތަ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފަ އެވެ. މުސާރަތައް ބޮޑުކޮޮށްފައިވަނީ ނިމިދިޔަ މެއި މަހުގަ އެވެ.

މިއަހަރުގެ ބަޖެޓްގައި ވަނީ މުވައްޒަފުންގެ މުސާރައަށް 12 ބިލިޔަން ރުފިޔާ ކަނޑައަޅާފަ އެވެ. އެއީ މުޅި ބަޖެޓްގެ ޖުމްލަ 25 އިންސައްތަ އެވެ. މިއަހަރުގެ މިހާތަނަށް މުވައްޒަފުންގެ މުސާރައަށް ވަނީ 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

މީގެ އިތުރަށްވެސް މިނިސްޓަރު ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހު ކޭޝް ފްލޯ މެނޭޖް ކުރަން އުނދަގޫވާނެ ކަމަށްވެސް މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ