ހަންކެޑެ ބްރިޖް އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހަންކެޑެ ބްރިޖް މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކޮށްފަ އެވެ.
އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއަރ ބްރިޖު މަސައްކަތުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަސް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި އެވެ. މި ބްރިޖުގެ ކުރިއަށްހުރި މަސައްކަތްތަކުގެ ތެރޭގައި ކްރޭޝް ބެރިއަރ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުން ހިމެނެ އެވެ.
މީގެ އިތުރަށްވެސް، މި މަސައްކަތް ކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް ބްރިޖުގެދަށުން ނެގުން ހިމެނެ އެވެ. އަންނަ ޖުލައި މަހު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ބްރިޖު ހުޅުވާލުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
ދެ ބްރިޖާއި ތިން އެމްބޭންކްމަންޓް ހިމެނޭ ގޮތަށް އައްޑޫ ފޯ-ލޭން ޑިޓުއާ ލިންކްގައި ތާރު އެޅުމުގެ މަސައްކަތުގެ މަޝްރޫއު ފެށީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.
ހަންކެޑެ އަކީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހާއްސަކޮށް ސަރުކާރުން ކަނޑައަޅާފައިވާ ތަނެކެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ