ބޫޓާންއާއި ރާއްޖެއާއި ދެމެދު ތިމާވެށި ހިމާޔަތްކުރުމުގެ ކަންކަމުގައި އެއްބާރުލުން ބޭއްވުމަށް މަޝްވަރާ ކޮށްފި އެވެ.
ބޫޓާންއާއި ރާއްޖެއިން މިކަމުގައި މަޝްވަރާ ކުރީ އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް، މިހާރު ބޫޓާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ ބޫޓާންގެ މިނިސްޓަރު އޮފް އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް، ޖެމް ޝެރިންގްއާ މިއަދު ބައްދަލުކުރައްވައިފަ އެވެ. ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ކަންކަމުގައި ދެ ސަރުކާރުގެ ދެމެދުގައި އެއްބާރުލުން ބޭއްވުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ޠާރިޤު ހޯމަ ދުވަހު ބޫޓާނަށް ފުރާވަޑައިގެންނެވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް)ގެ 16 ވަނަ ގަވާނިން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 24 އިން 26 ގެ ނިޔަލަށެވެ.
މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ގައުމުތަކުގެ މެދުގައި ތިމާވެށީގެ މުހިންމު މަޝްވަރާތަކަށް ހާއްސަ ބައްދަލުވުމެކެވެ.
ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމަކީ ސައުތު އޭޝިއާގެ ސަރުކާރުތަކުން ތިމާވެށި ހިމާޔަތްކުރުމާއި ބެލެހެއްޓުމުގެ އިތުރަށް ތިމާވެށީގެ މަޝްރޫއުތައް ކުރިއެރުވުމުގައި އެހީތެރިވުމަށް 1982 ވަނަ އަހަރު އޭޝިޔާ ގައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ހިންގާ ޖަމިއްޔާއެކެވެ.
މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ގައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް