ހައްޔަރު ކުރި ސްޓޭޓް މިނިސްޓަރަކީ ރަމީޒުގެ ކުރީގެ އަނބިކަނބަލުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރު ކުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން ޖަވިޔަންޏަށް މައުލޫމާތު ދީފައިވާ ގޮތުގައި ރަމީޒާއި ޝަމްނާޒްގެ ކައިވެނި ރޫޅުނު ފަހުން އަދި މާގިނަ ދުވަހެއް ނުވެ އެވެ.

ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ’ގާތްވާން‘ ވެގެން ސިހުރު ހެދި ކަމުގެ މައްސަލައެއްގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރަމުން ދާއިރު މިކަން އަދި ފުލުހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ރަމީޒާއި ޝަމްނާޒްއަކީވެސް ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު މާލެ ސިޓީ ކައުންސިލްގެ މެންބަރުންނަށް ތިއްބެވި ދެ މީހުންނެވެ. މި ދެ މީހުންވެސް އެ މަގާމު ދޫކޮށްލެއްވީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމާއެކު ސަރުކާރުގެ މަގާމުތަކަށް އެރުމަށެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ޖޫން 23، 2024 ގަ އެވެ. ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމްނާޒަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ދިވެހި ފުލުހުންގެ ޚިދުމަތް ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ