ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކު ހައްޔަރުކޮށްފައިވާކަމަށް އެ ހިދުމަތުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ޖޫން 23، 2024 ގަ އެވެ. ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްނާޒަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ދިވެހި ފުލުހުންގެ ޚިދުމަތް