ޒަމީރު ބްލިންކެން އާ ބައްދަލުކޮށްފި، ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި އެމެރިކާއާއި ދެމެދު ކަނޑުގެ ސަލާމަތްތެރިކަމުގައި އެއްބާރުލުން ދިނުމުގައި ޕާޓްނާޝިޕް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި އެވެ.

ރާއްޖެއާއި އެމެރިކާއިން މިކަމުގައި މަޝްވަރާކުރީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ. މި ދަތުރުފުޅުގައި ޒަމީރު މިއަދު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއި ބައްދަލުކުރައްވާ، އެކި ދާއިރާތަކުގެ ކަންކަމުގައި މަޝްވަރާ ކުރައްވާފަ އެވެ.

އެކްސްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި، ޑިމޮކްރަސީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ކަނޑުގެ ސަލާމަތުގައި އެއްބާރުލުން ދިނުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.

ސެކްރެޓަރީ ބްލިންކެން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކާމިޔާބު އިންތިހާބަށް ރާއްޖެއަށް މަރުހަބާ ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ ފޯރަމްތަކުގައި ރާއްޖޭގެ ލީޑަޝިފުން ދެއްކެވި ވާހަކަފުޅަށް އިހްތިރާމް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ އެމެރިކާއިން ފޯރުކޮށްދޭ ތައުލީމީ ފުރުސަތުތަކުގެ މުހިންމުކަން ގަބޫލުކުރައްވައި، ދިވެހިންނަށް ވިސާ ފެސިލިޓޭޝަންގެ ހިދުމަތް ފަސޭހަކޮށްދިނުމުން ދިވެހިންނާއި އެމެރިކާ ރައްޔިތުންނާ ގުޅުން ބަދަހިވެ، ސަގާފަތާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް މަގުފަހިވާނެކަން ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ޒަމީރާއެކު އެމެރިކާގައި ހުންނަވާ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުލްގަފޫރު މުހައްމަދު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު، ސީނިއާ އަންޑަ ސެކްރެޓަރީ، ހަސަން ހުސައިން ޝިހާބު، ކައުންސެލަާ، ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހައިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހާރިޖީ ވަޒީރު މޫސާ ޒަމީރު މި ޖޫން މަހުގެ 24 އިން 27 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އާދީއްތަ ދުވަހުގަ އެވެ. ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ.

ރާއްޖެ - އެމެރިކާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ