ކުރީ ސަރުކާރުތަކުން ފެނަކައަށް އިހުމާލުވެފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީ ސަރުކާރުތަކުން ފެނަކައަށް ވެފައިވާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކަމާމެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބެލުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ) އެވެ.

ޑީޑީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ހިންގުމަށްޓަކައި އެކި ސަރުކާރުތަކުން އައްޔަން ކުރި ވެރިންގެ އިހުމާލުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ހިދުމަތް ހޯދާ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުން ދާކަމަށެވެ. އަދި މިއީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް އަސަރު ކުރަމުންދާ ބޮޑު މައްސަލައެއްކަމަށްވެސް ކުއްލި މައްސަލައިގާ ބުނެފައިވެ އެވެ.

ފެނަކައިން ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރު އެތަށް ބިލިއަން ރުފިޔާއެއް ހަރަދުކުރި އިރު، ފެނަކައިގެ މަޝްރޫތައް ހުއްޓިފައި އޮތުން އެއީ މިހާރު ދިމާވެފައިވާ ނުހަނު ބޮޑު ކުއްލި މައްސަލައެއްކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ޑީޑީ ވަނީ އިއްޔެ މަޖިލީހަށް އިދިކޮޅުން ހުށަހެޅި މަސްވެރިންނާ ބެހޭ ކުއްލި މައްސަލައިގެ ބަހުސްގައިވެސް ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ކުއްލި މައްސަލަވެސް ހުށަހަޅަން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ވަނީ ފާސްވެސްކޮށްފަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން 67 މެންބަރުން ވަނީ ވޯޓުދެއްވާފަ އެވެ. މި މައްސަލަ ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިސް ފެނަކަ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ޑީޑީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ