އައްޑޫ ފޭދޫގައި ކުނި އުކާލަން ދިޔަ ބިދޭސީއަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުނި އުކާލަން ދިޔަ ބިދޭސީއަކު ހަބަރެއް ނުވެގެން ދަނިކޮށް، މޫދުގައި އޮއްވާ ފެނިފައިވާކަމަށް 9:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ ފޭދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނީ ކޮން ޤައުމެއްގެ ރައްޔިތެއްކަމެއް އަދި އެ މީހާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ހުރިކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލާގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް އެކަން ހިއްސާ ކުރައްވާނެކަމަށް ފުލުހުން ބުންޏެވެ.