މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ލައިޓް ކައިރީގައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިތާ މާގިނައިރުނުވަނީސް އަލިފާންގަނޑު ނިއްވާލެވިފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުން ނެވެ.