ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކޮލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގައިން ގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކޮލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ އެވެ.

މި ބަލި ރާއްޖެއިން ފެނިފައިވާކަން ހެލްތް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ޖަވިޔަންޏަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު ހެލްތް މިނިސްޓްރީން މި ބަލީގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ގެންދާ ކަމަށެވެ.

މި ބަލި ފެނިފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން ނިންމާފައި އައި މީހެއްގެ ގައިންނެވެ. ހެލްތް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ އެ ބަލި ފެނުނު މީހާއާއި އެކު ދަތުރު ކުރި މީހުންނާއި އާއިލާގެ މީހުންގެ އިތުރުން ދިމާވެފައިވާ މީހުންގެ ކަމަށެވެ.

އަދި އެންމެ ކޭސްއެއް ފެނުނީ. މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން.

މިފަދަ ބަލިތައް ހައްޖުން އަންނަ މީހުންގެ ގައިން މީގެ ކުރިންވެސް ފެންނަކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ފެނިގެން މިއުޅޭ ބަލި ނުރައްކާތެރި ވަނީ މުޅި މީހާ އެއްކޮށް ވަރުދެރަކޮށްލާތީކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެނިންގޮކޯކޮލް ޖެހުމުން ފެންނަ އަލާމާތްތައް

  • ވަރަށް ބޮޑަށް ހުން އައުން
  • ބޮލުގަ ރިއްސުން
  • ގައިގަ ރިއްސުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ފޮޓޯފޯބިއާ ނުވަތަ އަލީގައި އުޅެން އުނދަގޫވުން
  • ވަރުދެރަވުން

މި ބައްޔަކީ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މި ބަލި ގައިން ގަޔަށް އަރަނީ ގައިގޯޅިވުމުންނާއި ގިނައިރު އެކުގައި އުޅުމުގެ ސަބަބުންނެވެ.

 

ހައްޖު މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ