ސައިބާ ސެކިއުރިޓީ އެޖެންސީގެ ހިދުމަތް 6 މަސް ތެރޭގައި ފޯރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ 241 ކޮމިޓީގައި ހުންނެވި މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. އަޒާން ވަނީ ސައިބާ ސެކިއުރިޓީއަކީ މުހިންމު މެންޑޭޓަކަށްވުމުން އެ މަސައްކަތް ފެށޭނީ ކޮން އިރަކު ކަމަށް ސުވާލު ކުރައްވާފަ އެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މިއަހަރު ތެރޭގައި އެ އެޖެންސީގެ ހިދުމަތް ފެށޭ ވަރު ކުރައްވަން ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
”އޭގެ ކުރަން ޖެހޭ ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ރީވެމްޕުކުރުމާއި އިކުއިޕްމަންޓު ހޯދުމާއި މީހުން ޓްރެއިން ކުރުމާއި މި މަސައްކަތްތައް މިހާރު ފައްޓަމުން މިދަނީ، ހާއްސަކޮށް އެތަނުގެ އެޑްމިނިސްޓްރޭޝަން ސެޓަޕަށް ބޭނުންވާ ތަނުގެ އެންމެ އިސް މީހަކަށް ހިންގުމަށް ޒިންމާވާ ސީއީއޯ މިހާރު ވާނީ އިންޓަވިއުކޮށް ރެކްރޫ ކޮށްފައި“
ރާއްޖޭގައި ސްކޭމް ކުރުމާއި ހެކް ކުރުމާއި މިފަދަ ތަފާތު އެކި ބާވަތުގެ ސައިބާ ކްރައިމްތައް ގިނަވެފައިވާއިރު މިފަދަ ކުށްތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލި އެހެނިހެން ގެއްލުންތައްވެސް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ. މި މައްސަލަ ފަހަކަށް އައިސް ބޮޑުވެފައިވާތީ މި ސަރުކާރުން ވަނީ އެކަމަށް ހާއްސަ އެޖެންސީއެއް އުފެއްދުމަށް މެންޑޭޓް ކޮށްފަ އެވެ.
241 ކޮމެޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް