އިންޑިއާގެ ބޮޑުވަޒީރު ނަރެންދަ މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި ވަފުދަށް ދިވެހި ދައުލަތުން ހަރަދުކޮށްފައިވަނީ 1،440،170.33 މިލިއަން ރުފިޔާކަމަށް ރައީސް އޮފީހުން ބުނެފި އެވެ،
މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ދިވެހި ސަރުކާރުގެ ފަރާތުން ދިޔަ ވަފުދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހިމެނޭހެން ޖުމުލަ 20 ބޭފުޅުން ހިމެނެ އެވެ.
މި ދަތުރުފުޅުގައި ޖުމުލަ ހަތަރު ދުވަސް ވަނީ ހޭދަކޮށްފަ އެވެ. މިއީ ”ނެއިބަހުޑް ފަސްޓް ޕޮލިސީ“ ގެ ދަށުން އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވާފަ އެވެ. އަދި އިންޑިއާގެ ރައީސް ދެއްވި ޖާފަތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން އިންޑިއާގެ އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާވެސް ރައީސް ވަނީ ބައްދަލު ކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަށް ދައުވަތު ލިބުނީ ވަގުތު ކުޑަތަންވެފައިވަނިކޮށްކަމުން ދިވެހި ސަރުކާރުގެ ވަފުދު އިންޑިއާއަށް ދަތުރުކުރައްވާފައިވަނީ ދުބާއީ އަދި ސްރީލަންކާ މަގުން ކަމަށެވެ. އަދި ޓްރާންސިޓް ކުރުމުގެ ސަބަބުން ދަތުރުމަތީގައި 12 ގަޑިއިރާއި 24 ގަޑިއިރުގެ ވަގުތެއް ހޭދަވެފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު