މިއަދުން ފެށިގެން ފެނަކައިން ފޮނުވާ ބިލުތައް ޕްރޮންޓް ކުރުމުގެ ބަދަލުގައި މެސެޖެއްގެ ޒަރީޔާއިން ފޮނުވުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޕްރިންޓް ކުރެވިފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި, ކޮންމެ ކަސްޓަމަރަކަށްވެސް އެ ކަސްޓަމަރަކު އެ ކުންފުނީގައި ރަޖިސްޓާ ކޮށްފައިވާ ފޯނު ނަމްބަރަށް ބިލު ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
ފެނަކައިން ބުނީ މިގޮތަށް އަމަލު ކުރުމަށް ނިންމާފައިވަނީ ޖޫން 25، 2024 (މިއަދު) އިން ފެށިގެން ކަމަށެވެ.
މީގެ އިތުރުން ކޮންމެ މަހެއްގެ 25 އިން ފެށިގެން ދެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް މެސެޖު ނުލިބޭ ކަސްޓަމަރުން، ހިދުމަތް ހޯދާ ބްރާންޗަށް ގުޅައިގެން ހޯދުމަށް އެދޭކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.