15 މިލިއަން ރުފިޔާގެ ދަނޑުވެރި މަންފާ އިފްތިތާހްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

”ދަނޑުވެރި މަންފާ“ ގެ ނަމުގައި ކުރިއަށްގެންދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމް އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާހު ކުރެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާ އެވެ.

މިނިސްޓްރީން ބުނީ މި ސްކީމްގެ ދަށުން މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނާއި އެ ކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް އެހީ ލިބިގެންދާނެ ކަމަށެވެ.

އެ ސްކީމްގެ ދަށުން އެހީ ދޭއިރު އަންހެނުންނަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވެފައި ވެއެވެ. މި ސްކީމްގެ ދަށުން ޖުމްލަ 15.1 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައި ވެއެވެ. މި ސްކީމަށް ފަންޑް ކޮށްފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާއިން ނެވެ.

15.1 މިލިއަން ރުފިޔާގެ ގޮތުގައި ކަނޑައަޅާފައިވާ މި ގްރާންޓް ޕްރޮގްރާމްގެ މަގުސަދަކީ ދަނޑުވެރިކަން ހިންގާ ސަރަހައްދުތަކުގައި މޫސުމާއި ގުޅޭ ސްމާޓް ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް މިނިިސްޓްރީން ބުނެފައި ވެއެވެ.

މި ސްކީމްގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ  ގްރީން ހައުސް އިންސްޓޯލްކުރުމާއި ހައިޑްރޯފޯނިކް ސިސްޓަމްތައް ނުވަތަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުން ހިމެނޭގޮތަށް ހަމައެކަނި ދަނޑުވެރި ތަކެތި އުފެއްދުމަށް ލޯނު ދޫކުރާށެވެ. ޖޫން 25 އިން ފެށިގެން މި ސްކީމަށް ކުރިމަތިލުމަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގައި ހިންގަމުންގެންދާ ’މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)’ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15،188،700.0 ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް ދަނޑުވެރި މަންފާގެ ނަމުގައި ވަނީ 22 މެއި ގައި އާންމުކޮށް އިއުލާން ކޮށްފަ އެވެ. އަދި މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، އެޕްރީލްގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއިއެކު ވަނީ އެމް.އޯ.ޔޫއެއް ގައި ސޮއި ކޮށްފަ އެވެ.

މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮޖެކްޓް (މެޕް) އިން 26 ރަށުގައި އެރަށްރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ޤާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ވަނީ ކޮށްދީފަ އެވެ. ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ، އަހުލުވެރިކުރުވުމެވެ. އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.

މިނިސްޓަރ އާއިޝަތު ރަމީލާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ދަނޑުވެރި މަންފާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ