އެންޑީއޭގެ އައު ބޯޑުގެ ޗެއާމަނަކަށް ދާހިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން ހަމަޖައްސަވައިފި އެވެ.
ލުބްނާ ބޯޑުގެ ޗެއާމަނަކަށް އައްޔަންކުރެއްވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ނަމްބަރު 17/2011ގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ”ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު“ އަލުން އެކުލަވާލެއްވުމަށްފަހު އެވެ.
މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަތީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ، ހެލްތު މިނިޓްރީގެ ނައިބު އިސްމާޢީލް ޒާހިރު، ޔޫތު މިނިސްޓްރީގެ ނައިބު އިސްމާއީލް ރަޝީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު އައްޒާ އާއި އެމްއެންޑީއެފްގެ ލެފްޓެނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ އެވެ.
މި ބޭފުޅުންގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހަމަދު ސިމާހްު، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ”ޖާނީ ޖަމިއްޔާ“ގެ ފަރާތުން އަހްމަދު އަބްދުއްސައްތާރުވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.