ޝުޖާއު ޔާމީނަށް: ”އަމަޔަށް“ ގޮވީމަ ޤައުމިއްޔަތުގެ ކުލުނު ހުރިގޮތް އިހްސާސްކުރެވޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

”އަމަޔަށް“ ގޮވީމަ ޤައުމިއްޔަތުގެ ކުލުނު ހުރިގޮތް އިހްސާސްކުރެވޭކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ލީޑަރު އިބްރާހިމް ޝުޖާއު ރައްދުދެއްވައިފި އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގެން، އަމިއްލަފުޅަށް އުފެއްދެވި ޕީއެންއެފް އިން ރޭ ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ރައީސް މުއިއްޒުއަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކާއި ވާހަކަފުޅުތަކަށް ސިދާގޮތުންނާއި ނުސިދާގޮތުންވެސް ފާޑުވިދާޅުވެ، ރައްދުދެއްވާފައިވެއެވެ.

ރޭގެ ޖަލްސާގައި ބައިވެވި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވަނީ ރައީސް މުއިއްޒުގެ ޤައުމިއްޔަތުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ސަމާސާ ރާގެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޤައުމިއްޔަތު ވުޒާރާއެއް އުފައްދާފަ ”އޭ މިހިރި ދިދައާ، މަގޭ އަމައޭ“ ބުންޏަކަސް އެއީ ޤައުމިއްޔަތު ދިފާއުކުރުން ނޫން ކަމަށެވެ.

ޔާމީންގެ އެ ވާހަކައަށް ރައްދުދެއްވާ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޤައުމީ ދިދަ އަށް އިޝާރާތް ކުރައްވާ ”އަމަޔަށް“ ގޮވީމަ ވެެރިކަންކޮށްފަ ތިއްބަވާ ބޭފުޅުންގެ ޤައުމިއްޔަތުގެ ކުލުނު ހުރިގޮތް އިހްސާސްކުރެވޭ ކަމަށެވެ. އަދި އެއީ ހިތާމަހުރިކަމެއް ކަމަށް ޝުޖާއުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޔާމީން ރައީސް މުއިއްޒުއަށް މަލާމަތް ކުރެއްވި ވާހަކަފުޅަކީ، އެމަނިކުފާނު ހުވާކުރެއްވި ދުވަހު ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ކާބަފައިންގެ ވާހަކަތަކަށް އިޝާރަތް ކުރެއްވި ވާހަކަފުޅަށް ކުރެއްވި މަލާމާތެކެވެ. އެގޮތުން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ދޮން ބަންޑާރައިންގެ ވާހަކަ ވިދާޅުވިއެއްކަމަކު، ޤައުމިއްޔަތު އާލާނުވާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު ދޮންބަންޑާރައިންގެ ވާހަކަ ފާހަގަކުރެއްވީވެސް ހުވާކުރެއްވި ދަރުބާރުގައި ދެއްކެވިި ވާހަކަފުޅުގަ އެވެ.

ރައީސް އަބްދުﷲ ޔާމީން އިބްރާހިމް ޝުޖާއު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ