އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ، ޕީއެންސީގެ ވޯޓާއެކު ބަލައިގެން ބަހުސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ޕީއެންސީގެ މެމްބަރުންގެ ވޯޓާއެކު ބަލައިގަނެ، ބަހުސް ކޮށްފި އެވެ.

އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލަ ހުށަހެޅުއްވީ އައްޑޫ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ. ދީދީ ހުށަހެޅުއްވިި ކުއްލިި މައްސަލާގައި ވަނީ ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިން ބިކަވެ ހާލުގައި ޖެހިފައިވާ ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ދަރަނި ބިލުތަކާއި ޔޫޓިލިޓީ ބިލުތައް ދެއްކޭނެ ގޮތެއް ނެތި، މަސްވެރިންގެ ދިރިއުޅުން އެއްކޮށް ބަނަވެފައވާކަމަށް މެމްބަރު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވި އެވެ.

އޭގެއިތުރުން އެ ކުއްލި މައްސަލާގައި މެމްބަރު ވަނީ މިހާރު އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން އަންނަ އިހްތިޖާޖްވެސް ފާގަކޮށްފަ އެވެ. އަދި ފުލުހުން އަދި ސިފައިން ނެރެ، މަސްވެރިންގެ އިހްތިޖާޖްއަށް ހުރަސް ނޭޅުމަށް މެމްބަރު ދީދީ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގޮވާލެއްވި އެވެ.

އެކަންކަން ފާހަގަކޮށް، އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ ކުއްލި މައްސަލާގައި ސަރުކާރަށް ގޮވާލައިފައިވަނީ ސަރުކާރުގެ ވައުދާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށެވެ.

އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ 74 މެންބަރުންގެ ވޯޓުންނެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ވަނީ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފަ އެވެ.

ކުއްލި މައްސަލަ ބަލައިގަތުމަށްފަހު މައްސަލަ ވާހަކަދެއްކެވި ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ވަނީ މައްސަލައިގެ އަސްލު ފެށުނީ އެމްޑީޕީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންކަން ފާހަގަކޮށްފަ އެވެ. އެގޮތުން އިންތިހާބަށް ހަފްތާއަކަށް ވެފައިވަނިކޮށް، މަސް ގަންނަ އަގު ބޮޑުކުރީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަން މެމްބަރުން ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުމާއި ހަމައަށްވެސް މަސްވެރިންނަށް ދޭންޖެހޭ އެއްވެސް ފައިސާއެއް ނުދީ، ބޮޑު ”ބެކްލޮގެއް ކްރިއޭޓް“ ކޮށްފައި އޮތްކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެފައިވާގޮތުގައި މިދިޔަ 9 މޭ އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން ރުފިޔާ ނުދެވި ހުރި ކަމަށެވެ. އަދި އެންމެ އިސްކަމެއް ދެއްވާނީ މި ހަފްތާ ތެރޭގައިވެސް އެ ފައިސާ ދިނުމަށްކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް ކޮންގްރެސް ޕާޓީ އެމްޑީޕީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ މަސްވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ