ކުރުސީ ދައުރުކުރަނީ ފަލާހުގެ ވީޑިއޯއެއް ނޫން: ޕީއެންސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕީއެންސީ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއާއި ގުޅޭގޮތުން ދައުރުވަމުން ދަނީ އަސްލެއް ނެތް ވީޑިއޯއެއް ކަމަށް ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފަލާހު އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ފަލާހުގެ އަބުރަށް އަރައިގަނެ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށް ޕީއެންސީން ބުނެފައި ވެއެވެ. ސޯޝަލް މީޑިއާގައި ފަތުރަމުންގެންދާ ވީޑިއޯ ނުވަތަަ ފޮޓޯގައިވާ ފަރާތަކީ ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް ޕީއެންސީން ބުނެފައި ވެއެވެ.

ދެންނެވުނު ފޮޓޯއާއެކު ހަގީގަތާއި ހިލާފު ދޮގު ހަބަރު ރޭގެ ވަގުތެއްގައި އެންމެ ފުރަތަމަ ފަތުރާފައިވަނީ ފިތުނަ އުފެއްދުމުގައި ހައްދުފަހަނައަޅާފައިވާ ”ހަސަން ކުރުސީ“ ޓްވިޓާ ހޭންޑްލްއިން ކަމަށް ފާހަގަކުރަމުން ޕީއެންސީން ވަނީ މިފަދަ ދޮގު ވާހަކަތައް ފަތުރާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަަށް ގޮވާލާފަ އެވެ.

ހަސަން ކުރުސީ މިފަދަ ވީޑިއޯއެއް ރޭ ދައުރުކޮށްފައިވަނީ ފަލާހު އޭނާ ދެކެ ބިރުނުގަންނަ ކަމަށް ރޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ފަލާހު އެގޮތަށް ވިދާޅުވީ ރޭ ހ. ވެޔޮވިލާގައި ބޭއްވި ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. އޭނާގެ ވާހަކަ ނިންމަވާލައްވާމުންވެސް ފަލާހު ވަނީ އޭނާ އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވުމުން ދެން އިވޭނީ އޭނާގެ ދޮގު ވާހަކަތަައް ފެތުރޭ އަޑު ކަމަށް ވިދާޅުވެފަ އެވެ.

ހަސަން ކުރުސީ ނަމުގައި ހިންގާ ހޭންޑްލްގެ މައްސަލަ ބެލުމަށް މީގެ ކުރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުށަހަޅުއްވާފައި ވެއެވެ. ނަޝީދު ފުލުހުންނަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ އެއީ އެމަނިކުފާނަށް ނިސްބަތްވެވަޑަައިގަންނަވާ ހޭންޑްލްއެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާތީ އެވެ.

ކޮންގްރެސް ޕާޓީ ދިވެހި ފުލުހުންގެ ޚިދުމަތް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ