އެމްއެމްޕީއާރްސީގެ އާ އެމްޑީ ޓޫރިޒަމް މިނިސްޓަރުގެ އަރިހަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އާ ސީއީއޯ އަދި އެމްޑީ ޝިއުރީ އިބްރާހިމް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ބޭރު ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް ގެންގުޅޭ ޝިއާރުކަމަށްވާ ސަނީ ސައިޑް އޮފް ލައިފް އިތުރަށް ޕްރޮމޯޓު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ސަރުކާރުގެ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުންނާއި، ޑިރެކްޓަރުން އައްޔަންކުރުމުގެ ގާނޫނޫ ބާރުވެރި ފަރާތްކަމުގައިވާ ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ޝިއުރީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ ޖޫން 13، 2024 ގަ އެވެ. މީގެ ކުރިން އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމުގައި ހުންނެވީ ފާތިމަތު ތައުފީގް އެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ