އަދުލު އިންސާފު ގާއިމުކުރުމުގައި މޫނަށް ކަނދުރާއަކަށް ނުބަލާނަން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ބެލުމެއްނެތި ހަމަހަމަކޮށް ކަންތައް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ ރޭ ބޭއްވި ޕީއެންސީ ހައުސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ބޭފުޅުންނާއި ޖައްސާލާފައި ސިޔާސީ މަގްސަދުގައި ބަދަލު ހިއްޕަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ ވެރިކަމުގެ ފާއިތުވީ 6 މަސް ދުވަހުން ސާބިތުވެވަޑައިގަތްކަން ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މީގެ ކުރީގެ ވެރިކަންތަކުގައި ސިޔާސީ ވިސްނުމެއްގައި ބައެއް ސިޔާސީން ހައްޔަރުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެފަދަ ބަދަލު ހިއްޕެވުމުގެ ރޫހު ބަދަލުކުރުމަށް ދިވެހި ރައްޔިތުން އެމަނިކުފާނަށް ރައީސްކަން ދެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ބަދަލުހިއްޕެވުމުގެ ރޫހު ފެނިވަޑައިނުުގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު، ރައީސް ވަނީ އެމަނިކުފާނާއި ބެހޭގޮތުން ކޮންމެ ކަހަލަ މާހައުލެއްގައި ކޮންމެ ޒަރީޔާއަކުންވިޔަސް ފާޑުކިޔާ ހެދުމަކުން އެެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނަށް އާ ކަމެއް ނޫން ކަމަށްވިޔަސް، ތެދު ބަހުން ވާހަކަދެއްކެވުމަށް ރައީސް ގޮވާލެއްވި އެވެ. އަދި އެމަނިކުފާނަކީ ހަގީގަތަށް ވާހަކަދައްކަވާ ބޭފުޅެއް ކަމުން އަމާޒުވާ ފާޑުކިޔުންތަކުން އެމަނިކުފާނަށް އަސަރު ނުކުރައްވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.

”އަޅުގަނޑުމެންގެ އެބަހުރި ތެދު ހެއްދެވުމުގެ ހިތްވަރު. މިއަދު އެކަންޏެއް ނޫން އޮތީކީ. އަދި މާދަމާ މާ މުހިންމު އެއަށްވުރެ. ބަދަލުހިފުމުގެ ރޫހު ނައްތާލާފަ މިހާރު ހުންނާނީ ދިވެހިރާއްޖެ އިން. ނަމަވެސް އަދުލު އިންސާފު ގާއިމުކުރެވޭނެ“

ފާޑުކިޔައިގެން ބަދަލުނުހިއްޕެވިޔަސް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަދުލުވެރިކަން ގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވައްކަން ފަދަ ކުށްތަކަށް ޖާގަ ނޯންނާނެ ކަމަށާއި ހެއްކާއިއެކު އެމަނިކުފާނު ކުރިފުޅު މައްޗަށް އައީމާ، ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް ކަންތައް ކުރުމަކީ ބަދަލުހިއްޕެވުމެއް ނޫން ކަމަށާއި އެއީ އަދުލު އިންސާފު ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރު އަދި އެހެނިހެން ފަރާތަކުންވެސް ހިންގާފައި އޮތް ކަންކަން އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ބައްލަވާ، ފިޔަވަޅު އަޅުއްވާނީ ”މޫނެއް ކަނދުރާއަކަށް ބެލުމެއްނެތި“ ކަމަށް ވިދާޅުވި އެވެ.

 

ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ