ރައީސް މުއިއްޒަށް ޓިކެޓު ހޯދައިދެއްވީ ރައްޔިތުން ބިކަވިޔަ ނުދިނުމަށް: މަޖިލިސް ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މާކުރިންވެސް ޕީޕީއެމްގެ ޕީއެންސީގެ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަމަށް މިދިޔަ މަހު ހޮވިވަޑައިގަތް އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ ރޭ ޕީއެންސީ ހައުސް އިފްތިތާހުުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒު އަށް ދެއްވަން ރޭވީ ރައީސް ޔާމީންގެ ގޮތް އެނގިލައްވާތީ ކަމަށެވެ.

”ކީއްވެގެން ރޭވީ؟ އެއީ އަޅުގަނޑަށް ރައީސް ޔާމީންގެ ގޮތް އިނގޭތީ. އަޅުގަނޑަށް އިނގޭ ރައީސް ޔާމީނަށް ކުރިމަތިނުލެވެންޏާ އަޅުގަނޑުމެންގެ ޕާޓީން ކުރިމަތިލާން ފުރުސަތު ނުދެއްވާނެކަންް. ރައްޔިތުން ބިކަވިޔަނުދޭން. އަމާން ވެށްޓެއް ހޯދާދޭން. ރައްޔިތުންނަށް އުފާވެރި މުސްތަގްބަލެއް ހޯދާދޭން. އެހެންވެގެން ރާވަމުން ދިޔައީ“

މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނު އެ ނިންމުން ނިންމެވީ 30 އަހަރުގެ ތަޖުރިބާގެ އަލީގައި ޕާޓީ މަގުމަތިވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ހިތުގައި އެހެން މީހަކަށް ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވުމުގެ އެއްވެސް ހިޔާލެއް ނެތް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

”އެެހެންވެގެންނޭ އެ ދުވަހު 9:00 ޖެހިއިރު ގޮސް ފޯމް ވެއްދީ، ފޯމް ވެއްދީ ދެވަނަ މީހަކަށް އެ ފޯމް ވައްދާނެ ޖާގަ ނުދޭން ވެގެން، އެ ފޯމް ވައްދާ ހިތުން ތެޅި ފޮޅުނު މީހުންނާއި، ފޯނުކޮށްފައި ދެއްކި ވާހަކައާއި ފޯނު ކޯލުން އެކޮޅަށް ދިން ޖަވާބާއި އެކީގައި ގާގަޑެއްގައި ގޮސް އިށީން އިށީނުމާއި މި ހުރިހާ މަންޒަރެއް އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓޭ، އެ ހުރިހާ އަޑެއް ވާހަކައެެއް އެބަހުއްޓޭ އަޅުގަނޑުމެންގެ އަތުގައި،“. މަޖިލީހުގެ ރައީސް ވިދާޅުވި އެެވެ.

ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ