އިއްޒުއްދީން ސްކޫލު އެއްވެސް ބަޔަކާއި ހަވާލު ކުރަން ނުވިސްނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް ”މިހާރު“ ނޫހަށް މައުލޫމާތު ދެއްވަމުން ޝަފީއު މިގޮތަށް ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ރެނދުލާފައިވާތީ އެތަނުގައި ދަރިވަރުން ކިޔަވަން ދިއުމާއި މެދު ގިނަ އަދަދެއްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ބައެއް ބެލެނިވެރިން ދަނީ އިއްޒުއްދީން ސްކޫލާއި ޖެހިގެން ހުރި ވިލާ ކޮލެޖަށް އެ އިމާރާތް ދޭން އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ވާހަކަ ފަތުރަމުން ނެވެ.
މިވާހަކަތަކާއެކު އެޑިއުކޭޝަން މިނިސްޓްރީން ދަނީ އެތަނުގެ ރައްކާތެރިކަން ހުރި މިންވަރު ބެލުމަށް އެސެސްމެންޓެއް ހަދަމުން ނެވެ. ސްކޫލުގެ ބެލެނިވެރިންނާއި ބައްދަލުކޮށް މިނިސްޓްރީން ވަނީ އެ އެސެސްމެންޓްގެ ނަތީޖާއަށް ބެލުމަށްފަހު ކުދިން އެހެން ތަނަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށްވެސް ބުނެފަ އެވެ. އަދި އެކަމުގައި ވަކި ގޮތެއް ނިންމާނީ އެސެސްމެންޓް ރިޕޯޓްގެ ނަތީޖާއެއް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވީ އިއްޒުއްދީން ސްކޫލު ހުންނަ ތަނަށް އެހެން ސްކޫލެއް ބަދަލުކުރަންވެސް ނުވިސްނަވާ ކަމަށެވެ. އަދި އިއްޒުއްދީން ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކުރަން އަދި ނުވިސްނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލު ހުންނަ އިމާރާތުގައި މީގެ ކުރިން ހިންގަމުންދިޔައީ ކުރީގެ އެމްއީއެސް ސްކޫލެވެ. އޭގެފަހުން އެ އިމާރާތުގައި މަންދު ކޮލެޖް އަދި ޤައުމީ ޔުނިވާސިޓީގެ ބައެއް ފެކަލްޓީތައްވެސް ހިންގާފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ