އެމްޑީޕީއިން އިންތިހާބަށް މަހުގެ އަގުބޮޑުކޮށް، މަސްވެރިންނަށް ފައިސާދީފައި ނުވޭ: ޝިޔާމް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްޑީޕީއިން ރިޔާސީ އިންތިހާބާއި ކައިރިކޮށްފައި މަހުގެ އަގުބޮޑުކޮށް، މަސްވެރިންނަށް ފައިސާދީފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިގޮތަށް ވިދާޅުވީ ރޭ ހ. ހެޔޮވިލާގައި ބޭއްވި ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ނިމިިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާގެ ބެކްލޮގް ކްލިއާ ނުވުމުގެ ސަބަބުން މަސްވެރިން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވާފަ އެވެ.

ޝިޔާމް ވަނީ އިންތިހާބާއި ގާތްކޮށްފައި އެމްޑީޕީ ސަރުކާރުން މަހުގެ އަގުބޮޑުކުރުމަށްފަހު ވެރިކަން ނިމުމާއި ހަމައަށް މަސްވެރިންނަށް އެންމެ ފައިސާ ފޮއްޗެއްވެސްދީފައިނުވާ ކަން ފާހަގަކުރައްވާފަ އެވެ.

”17 ރުފިޔާއަށް މަސް ވިއްކިއިރު ފައިސާ ޗާޕްކޮށްލަކޮށްލާ ތިބީ އޭރުގަ. އެކަމަކު ބައްލަވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގާތްގަނޑަކަށް 2 ހަފްތާއަށްވެފައި އިންދާ އަޅުގަނޑު ހަނދާންވާގޮތުންނަމަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މި ކުރިކަމަކީ ސިޔާސީ ބޭނުމަށް ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ކަޅުބިލަމުހުގެ މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހެދީ“

ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ، ރ، ބ، ޅ ސަސްޕެންޑްކޮށްގެން 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ އެމްޑީޕީ ސަރުކާރުން ޗާޕްކުރިކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ފައިސާ ދެމުންގެންގޮސްފައިވަނީ އެގޮތަށް ފައިސާ ޗާޕުކޮށްގެންކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ