ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އާ ހަރުގެ ހުޅުވުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ހ. ވެޔޮވިލާގައި ހުންނަ އެ ޕާޓީގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، އެ ޖަގަހަ ހުޅުވައިދެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުންް ސަރުކާރުގެ ވަޒީރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
ޖަގަހަ ހުޅުވުމުގެ ކުރިން ޖަގަހައިގެ ދިދަ ނަގައިދެއްވީވެސް ރައީސް މުއިއްޒު އެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޕީއެންސީ މެންބަރުން އަދި އާންމުން ބައިވެރިވެފައި ވެއެވެ.
ޕީއެންސީ ހަރުގެ ހުޅުވާ އިމާރާތަކީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި އިމާރާތެވެ.