100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހަކު އަނެއްކާވެސް މަސްތުވާތަކެއްޗާއެކު ބަންދުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަނެ ދައުވާކުރުމަށް ފޮނުވާފައިވާ މީހަކު އަނެއްކާވެސް މަސްތުވާތަކެއްޗާއެކު ހައްޔަރުކޮޮށްފި އެވެ.

2021 ވަނަ އަހަރު ފުލުުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކުރި އެވެ. އެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. މި އޮޕަރޭޝންގައި މާލޭގެ ބައެއްގެ ތަކާއި ސަފާރީ އަދި ލޯންޗެެއް ބަލައިފާސްކޮށްފައިވެ އެވެ.

އެ މައްސަލައިގައި އަތުލައިގަނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ފޮނުވި އެކަކީ ދ. ބަނޑިދޫ ޕޮލަރިސް، މުހައްމަދު ހުސައިން އެވެ. ނަމަވެސް އޭނާ ހުރީ ފުލުހުންގެ ބަންދެއްގައެއް ނޫނެވެ.

މުޙަންމަދު ހުސައިންގެ މައްޗަށް އެދައުވާ އުފުލާފަ ވަނިކޮށް އަނެއްކާވެސް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގަައި ބަހައްޓަން އަމުރުކޮށްފައެވެ.

ފުލުހުން އޭނާއަށް ކުރާ ތުހުމަތުގެ ތެރޭގައި އެއް ރަށުން އަނެއްރަށް މަސްތުވާތަކެތި ގެންދިޔުން ހިމެނެއެވެ.

މި މީހާ ދިރިއުއުޅެނީ ގްރާންޑެންޒާ ނަމަކަށް ކިޔާ ސަފާރީ އެއްގައެވެ.

ކްރިމިނަލް ކޯޓު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ