ރާއްޖޭގެ މަސައްކަތްތެރިންގެ 11.9 އިންސައްތައަކީ ސިވިލް ސާވަންޓުން ކަމަށް ދިރާސާއިން ދައްކައިފި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2022 ވަނަ އަހަރު ނެރުނު ތަފާސް ހިސާބުގައިވާގޮތުން ނަމަ ރާއްޖޭގެ ޖުމްލަ މަސައްކަތްކުރާ އާބާދިއކަީ 262،670 އެވެ. މަސައްކަތްކުރާ މީހުންގެ ތެރޭގައި 128،760 މީހުންނަކީ އަންހެނުން ނެވެ. އަދި 133،910 މީހުންނަކީ ފިރިހެނުން ނެވެ.
2022 ގެ ބޯހިމެނުގެ ނަތީޖާއިން ދައްކާގޮތުގައި ރާއްޖޭގެ ސިވިލް ސާވަންޓުންގެ ގޮތުގައި މަސައްކަތް ކުރަނީ 28،294 މަސައްކަތްތެރިން ނެވެ. އެއީ 18،319 އަންހެނުންނާއި 9،975 ފިރިހެނުން ނެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ 2022 އަށްފަހު މި އަދަދު މިހާރު އިތުރުވެފައިވާ ކަމަށެވެ. މީގެ ކުރީގައިވެސް ރާއްޖޭގެ ސިވިލް ސާވިސް ދާއިރާގައި ފިރިހެން މުވައްޒަފުންނަށްވުރެ އަންހެން މުވައްޒަފުން ގިނަކަން ފާހަގަކޮށްލަންޖެހެ އެވެ.