މި މަހުގެ މިހާތަނަށް ރާއްޖެއަށް 88،000 އަށްވުރެ ގިނަ ފަތުރުވެރިން

Advertisement

Advertisement

އެންމެ ފަސް

Advertisement

މި މަހުގެ މިހާތަނަށް ރާއްޖެއަށް 88،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 88،825 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ތަފާސް ހިސާބާއި އަޅާބަލާއިރު ގިނަ އަދަދެއް ކަމަށް ތަފާސް ހިސާބުން ހާމަވެފައި ވެއެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 81،119 ފަތުރުވެރިން ނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 981،070 އަށް އަރާފަ އެވެ.

މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އުޅެނީ ޗައިނާ އެވެ. އެ ގައުމުން ރާއްޖެއަށް 113،702 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 100،677 ފަތުރުވެރިން އައިސްފައި ވެއެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން ނެވެ. އެއީ 91،032 ފަތުރުވެރިން ނެވެ. ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެ އައިސްފައި ވަނީ 78،515 ފަތުރުވެރިން ނެވެ.

މިއަހަރު ރާއްޖެއަށް އެވްރެޖްކޮށް 5638 ފަތުރުވެރިން ދުވާލެއްގެ މައްޗަށް ޒިޔާރަތްކޮށްފައި ވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ