ފިޔޯރީން ގެއްލުނު ކުއްޖާގެ އިތުރު ޓެސްޓްތަކެއް ހަދަނީ

Advertisement

އެންމެ ފަސް

Advertisement

ގދ. ފިޔޯރީން ގެއްލިގެން އުޅުނު 8 އަހަރުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް އެކުއްޖާގެ އިތުރު ޓެސްޓްތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށް ފިޔޯރީ ހެލްތް ސެންޓަރުން މައުލޫމާތު ދީފި އެވެ.

ފިޔޯރީން ކުޑަކުއްޖަކު ގެއްލިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ރޭ 19:08 އެހާކަށްހާއިރު އެވެ. ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިއަދު ފަތިހު 17:00 އެހާކަށްހާއިރު އެވެ. އެކުއްޖާ ފެނުނު އިރު ހީކަރުވާ ވަރުދެރަވެފައި ހުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް ކުޑަ ކުއްޖަކު ގެއްލިފައި ނުފެނި ގިނައިރުވުމުން ކުއްޖާގެ ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެެސްޓްތައް ހެދުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ޓެސްޓްތައް ހެދުމަށް ކުއްޖާ ވަނީ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުން ނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ