ހިއްމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި އަލުން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކޮނޮލްޖީގެ އިސްނެގުމާއެކު ފުލުހުން ސެކިއުރިޓީ ބަލަހައްޓާގޮތައް ޑުރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހިންގަން ފަށާފައިވާ ކަމަށެވެ. އެންޑީއޭ ގެ ފަރާތުން މިސެންޓަރު ހިންގާނީ ހިއްމަފުށީ ޑީޓީއާރްސީގަ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ރަނގަޅުވުމަށް އެދިފައިވާ 7 ފަރާތެއް މިމަހު 15 އިން 21ގެ ނިޔަލައް ފުލުހުންގެ ފަރާތުން އެންޑީއޭ އާއި ވަނީ ހަވާލު ކޮއްފަ އެވެ.
މި ޕޮރުގުރާމަކީ އިސްލާމީ އުސޫލްތައް ހިމަނައިގެން ތެރަޕިއުޓިކް ކޮމިއުނިޓީ (ޓީސީ) މޮޑެލް އަސާސަކަށް ބަލައިގެން ފަރުމާ ކުރެވިފައިވާ ފަރުވާ ޕޮރޮގްރާމް އެކެވެ. އަދި މި މަރުކަޒަކީ މަސްތުވާތަކެތިގެ ވަބާގައި ޖެހިފައިވާ ފަރާތްތައް މަރުކަޒުގައި ބަންދުގައި ބަހައްޓައިގެން އޭނާ އަށް އިސްލާހު ކުރުމުގެ ފަރުވާ ޕޮރޮގުރާމް ތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތަައް ތަހައްމަލް ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ މަރުކަޒެކެެވެ.
މިސެންޓަރަކީ ޖޫން 26، 1997 ވަނަ އަހަރު، ސަރުކާރުގެ ފަރާތުން ހުޅުވާފައިވާ ސެންޓަރެކެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ދިވެހި ފުލުހުންގެ ޚިދުމަތް