ހައްޖުގެ އިންތިޒާމުތަަކާއި މެދު ހައްޖުވެރިންގެ އުފާވެރި ޝުއޫރުތައް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖުވެރިންނަށް ދިވެހި ސަރުކާރުން ހާއްސަކޮށްފައިވާ އިންތިޒާމުތަކަށް ހައްޖުވެރިން ތައުރީފްކޮށްފި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހި ހައްޖުވެރިން ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ނެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ގޮސްފައިވަނީ 1150 މީހުން ނެވެ. މީގެ ތެރެއިން ހައްޖުގެ އަޅުކަން ފުރިހަމަކުރި ބައެއް ހައްޖުވެރިންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ވީޑިއޯތައް ވަނީ އިސްލާމިކް މިނިސްޓްރީގެ ޓްވިޓާ ހޭންޑްލްގައި ޝާއިއުކޮށްފަ އެވެ.

އެވީޑިއޯތަކުގައި ވާހަކަދެއްކި މީހަކު ވަނީ ދިވެހި ސަރުކާރުން ހައްޖުވެރިންގެ ނިދުމާއި ކެއުމާއި ބުއިމާއި އެހެން އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާ ކަން ފާހަގަކޮށްފަ އެވެ.

”އެހާ ފުރިހަމަ ކެއުމާ، ނިދުމާ ހުރިހާ ކަމެއް ވެސް. އަދި އަޅުގަނޑުމެންނަށް ކޮންމެ ނަމާދެއް ނިމުމާ އެކީގައި އެކަމާ ގުޅޭ ގޮތުން ނަސޭހަތްދީ، ކަންކަން އޮންނަ ގޮތް ދީނީ ކަންތައްތަކުގެ ތެރޭން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ކިޔައިދޭ“

ހައްޖު ކޯޕަރޭޝަންގެ އިންތިޒާމްތައް ފުރިހަމަކަމުން އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށް އަންހެން ހައްޖުވެރިންވެސް ފާހަގަކުރި އެވެ. އަދި ހައްޖުވެރިންނާއި އެއްކޮށް ދިޔަ އެހީތެރިންގެ ފަރާތުންވެސް ފަސޭހަ ހިދުމަތެއް ލިބުނު ކަމަށް ހައްޖުވެރިޔަކު ފާހަގަކުރި އެވެ.

”އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅޭ އިންތިޒާމުތަކާ، ވަސީލަތްތަކާ. ދުއާކުރުމަށް މިދިޔަ ތަނުގައި ވެސް ޝޭހުން އަޅުގަނޑުމެންނާ ބެހެއްޓެވި ގާތްކަމާ، އެއްވެސް އޮޅުވާލުމެއް ނެތި ކޮންމެ ކަމެއް ކިޔައިދޭތީ އަޅުގަނޑުމެން ވަރަށް އުފާވޭ“

ހައްޖުގެ އިންތިޒާމްތަކާއިމެދު ހައްޖުވެރިންގެ ހިތްހަމެޖެހުން ހާމަކޮށްފައިވަނީ މި އަހަރުގެ ހައްޖުގެ އިންތިޒާމްތައް ވަރަށް ގޯސްކަމަށް ބުނެ، އިދިކޮޅުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނިކޮށެވެ.

ހައްޖު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ