އިއްޔެ ފެނުނީ ބެހިގެން ރާއްޖެ އާދެވުނު ސޯމާލިއާ ބައެއް: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ނ. ވަވަތި އަށް އިއްޔެ ލައްގާފައިވާ ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ބެހިގެން ރާއްޖެ އާދެވުނު ބައެއްކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ ވަވަތިއަށް ޑިންގީއެއް ލެއްގި ކަމުގެ ރިޕޯޓު ލިބިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ޑިންގީގައި ތިބީ ސޯމާލިއާގެ ތިން މީހުންކަމަށްވެސް ބުނެފައިވެ އެވެ.

މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އިއްޔެ ފެނުނު ސޯމާލިއާ މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މި ތިން މީހުން މިހާރު ވަނީ ހޮޅުދޫއަށް ގެންގޮސްފައި ކަމަށާއި އެރަށު ކައުންސިލްގެ އެހީތެރިކަމާއެކު އެމީހުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ