ހައްޖުވެރިން ރާއްޖެ އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައްޖުވެރިން ރާއްޖެ އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދޭންވީ މުހިންމު ކަންކަން ކިޔާދީފަ އެވެ.

ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • އަރިދަފުސް ރޯނގާ ޖެހިއްޖެނަމަ ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުން
  • ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުން
  • ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ދަތުރުމަތީގައާއި ހައްޖު/ އުމްރާ އަދާ ކުރުމުގައި އުޅޭ އިރު މާސްކް އަޅައިގެން އުޅުން އެދެވިގެންވޭ

އަރިދަފުސް ރޯގާ އަދި ވައިރަލްހުމުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭންވީ ކަންތައްތައް:

  • ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހިފައިވާނަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި އެކުދިން އުރާ ނުހެދުން
  • ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
  • ޑޮކްޓަރަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުން
  • މިނޫންވެސް އިތުރު ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ޑޮކްޓަރަށް ދެއްކުން

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ:

  • ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
  • އަރާމުކުރުން
  • ހުންގަދަނަމަ ގައިގައި ފެން ހޭކުން (އާދައިގެ ތާފަނާ ފެން)
  • ޕެރެސެޓްމޯލް ފިޔަވާ އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާއި ނުލާ ބޭނުން ނުކުރުން

ހައްޖު ކޯޕަރޭޝަން ބުނެފައިވާ ގޮތުގައި ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ އެވެ.

ރާއްޖެއަށް މިއަހަރު ހައްޖު ކޯޓާގެ ގޮތުގައި ލިބުނީ 1،150 ކޯޓާ އެވެ. މި ހުރިހާ ކޯޓާއެއްވެސް ސަރުކާރުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

ހައްޖު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ